ތަފާތު ވައްތަރުގެ ބޭވަފާ ތެރިން، މިކަހަލަ ބޭވަފާތެރިއެއް ދަންނަމުތަ؟

އެކަކު އަނެއްކަކަށް ބެވަފާތެރިވުމަކީ ދިރިއުޅުމުގައި ދިމާވާނެ އެއްމެ ބޮޑު އެއް މައްސަލައެވެ. ދިރިއުޅުމުގެ އެބާބު ނިންމާ އަލުން އައު ބާބެއް ފަށަންޖެހޭ ހިސާބަކީ އެއީއެވެ.  އެގިގެންނާއި ނޭނގިވެސް އަނެކާއަށް ބޭވަފާތެރިވެވެއެވެ. މިއަދުގެ މި ރިޕޯރޓް ހާއްސަކޮއްލަނީ ބޭވަފާތެރިކަމުގެ ބައެއް ވައްތަރުތަކަށެވެ.

  • ޖަޒުބާތީ ބޭވަފާތެރިކަން

މިއީ ވިސްނުމުއަށް ގެނުވާ އިހުސާސްތަކަކުން އުފެދޭ ގުޅުމެއްގެ ސަބަބުން އަނެކާއަށް ވެވޭ ބޭވަފާތެރިކަމެކެވެ. އޮންލައިންކޮށް ނޫނީ އެހެން ގޮތަކުންވެސް ދިމާވާ މީހަކާ ވާހަކަ ދެކެވި ރަހުމަތްތެރިކަން އާލާވާ ހިސާބުން ތިމާގެ ފިރިމީހާއާއި ނުވަތަ އަނބިމީހާއާއި  އެމީހާ ހިތާ ހިތުން ނަމަވެސް އަޅާކިޔާލެވޭ ހިސާބަށް އަނެކާ ދަސްވެއްޖެހެން ހީވެއެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަށް އެއްވެސް ސަބަބެއްނެތި އެމީހަކާ ހިއްސާކުރުމާއި އެމީހެއްގެ ނަސޭހަތްހޯދުމަށް މަސައްކަތްކުރުމަކީ ތިމާއަށް ތިމާގެ ބައިވެރިޔާއަށްވުރެ އެމީހަކު މުހިއްމު ވާކަމުގެ އަލާމާތެކެވެ. ދެމަފިރިންގެ ޒާތީ ވާހަކަތަށް ހިއްސާކުރުމާއި އެމީހަކު އެކަމާ ދެކޭގޮތުގެ ހިޔާލު ހޯދުމުގެ ޝައުޤުވެރިކަން އުފެދެން ފަށައިފިނަމަ އެއީ ބޭވަފާގެ މިވައްތަރުގެ ތެރެއަށް ތިމާ ވަނީއެވެ.

  • އާއިލީ ނުފޫޒުން ވެވޭ ބެވަފާތެރިކަން

ތިމާގެ އާއިލާއަކީ ތިމާގެ ދިރިއުޅުމުގައި އެންމެ މުހިއްމު އެއްބައެވެ. އެހެން ނަމަވެސް ތަސައްރަފު ފުދި ދިރިއުޅުމެއް ފެށުމުން ތިމާގެ ދިރިއުޅުމުގެ ހުންގާނު އޮންނަންވާނީ ތިމާގެ އަތުގައެވެ. ބައެއް ހާލަތްތަކުގައި ދެމަފިރިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ތެރެއަށް އާއިލާގެ ކޮންމެވެސް މީހެއްގެ ނުފޫޒުވަދެ އެދިރިއުޅުން ހިންގާ މީހަކީ އެމީހަކަށް ވާ ހިސާބަށް އާދެއެވެ. އެހެންވުމުން އެކަކު އަނެއްކަކު ބޭނުންވާ ކަންތަށްތަކަށް ވިސްނުމުގެ ބަދަލުގައި އަބަދުވެސް ވިސްނުމުގައި އިންނާނި އާއިލާގެ އެ ނުފޫޒު ފޯރުވާ މީހެއްގެ ވިސްނުމަށް ކަންތަށްތަށްކުރުމުގެ ގޮތެވެ. މިއީ ގިނަފަހަރަށް އެކަކަށްވެސް ގޯހެއްކަން ނޭނގި އާއިލާގެ ހައްޤުގައި ނޫނީ ކިޔަމަންތެރިކަމުގެ ގޮތުން ކުރެވޭ ކަމަކަށްވެއެވެ. އެކަމަކު އެހެން ކަންތަށްތަށް ކުރުމުން އެކަކު އަނެއްކަކަށް އެވެވެނީ ބޭވަފާއެވެ.

  • ނަފްސާނީ ބޭވަފާތެރިކަން

މިހެން ގިނަ ފަހަރަށް ދިމާވަނީ ދިރިއުޅުމުގައި ހިގާފައިވާ ކޮންމެވެސް ކަމަކުން ނޫނީ ދިރިއުޅެން ޖެހުނު މާހައުލެއްގެ ތަޖުރިބާއިން ތިމާގެ ވިސްނުމުގައި ޝައްކާ ވަހުމް ގިނަވާ މީހުނަށެވެ. އެމީހުން އެމީހުން ބައިވެރިޔާއާއި ދޭތެރޭ ދެކެވޭގޮތް ގޯސްވަނީއެވެ. ފެންނަ އާދައިގެ މަންޒަރުތަކަކަށްވެސް ހަޑިމުދުދާރު ވާހަކައެއް އަބިމީހާއާއި ގުޅުވައިގެން ސިކުނޑީގައި ހަދާލައެވެ. އަދި އޭގައި ހަޤީޤަތެއް ނެތަސް އެކަން ޤަބޫލުކުރެއެވެ. ފެންނަ ކޮންމެ މަނަޒަރެއްގެ ފަހަތުގައި ނުބައި މާނަތަކެއްވާނެކަމަށް އެމީހުން ޤަބޫލުކުރެއެވެ. މީހަކާ ހިނިތުންވެ ވާހަކަ ދައްކާލިޔަސް އެއީ އެދެމީހެއްގެ ތޭރެތޭގައި ބޮޑު ގުޅުމެއް އޮންނަނީ ކަމަށް ޤަބޫލުކުރެވެއެވެ. މިއީ ބޭވަފާތެރިކަމެކެވެ.

  •  ރަހުމަތްތެރިކަމުން ވެވޭ ބެވަފާތެރިން

މިއީ ކުރިން ބުނި އާއިލީ މީހުންގެ ނުފުޒު ފަދައިން އެންމެ ގާތް ރަހުމަތްތެރިޔާއަކީ ފިރިމީހާއަށްވުރެ ދިރިއުޅުމުގައި މުހިއްމު މީހެއް ކަމަށްދެކެވޭނަމަ ވެވޭ ބެވަފާތެރިކަމެކެވެ. ފިރިމީހާގެ އުފާތަކާއި ހިތްހަމަޖެހުމުގެ ކުރިމަތީގައި ރަހުމަތްތެރިޔާގެ ބަސްއެހުމާއި ދެމީހުންނަށް ލިބޭ ވަގުތުން ބޮޑުބައެއް އެ ރަހުމަތްތެރިއަކަށް ދޭންޖެހުމުން އެއީ ގޯހެކެވެ. ރަގަނޅު ރަހުމަތްތެރިއެއްނަމަ ތިމާއަށްވުރެ ބައިވެރިޔާއަށް ވަގުތު ދިނުމާއި ބައިވެރިޔާއާއި ގުޅުން ދަމަހެއްޓުމުގެ މަޝްވަރާދޭނެއެވެ.

  • ފޮޓޯ ނޫނީ މެސެޖު ބަދަލުކުރެވިގެން ވެވޭ ބެވަފާތެރިކަން

ގިނަ ފަހަރަށް ދެމީހެއްގެ މެދުގައި ގުޅުމެއް އުފެދި ބައިވެރިޔާއަށް ބޭވަފާތރިވީކަމުގައި ބެލެވެނީ ދެމީހެއްގެ ދޭތެރޭގައި އުފެދޭ ޖިސްމާނި ގުޅުމުންނެވެ. އެކަމަކު އެކަކު އަނެއްކަކުގެ ކިބައިން އެފަދަ އުފަލެއް ކޮންމެ ސިފައެއްގައި ހޯދިޔަސް އެވެވެނީ ބޭވަފާއެވެ. މަދުން ނަމަވެސް އަހަރެމެންގެ ތެރެއިން ފެންނަ މަންޒަރެކެވެ. ނުދަންނަ މީހުނަށް ނުވަތަ ދަންނަ މީހުންނަށް ވިޔަސް މެސެޖުކުރުމާއި ތިމާގެ މައްޗަށް ހިތް ލެންބުމަށް މަސައްކަތްކުރެވެއެވެ. ބައެއް މީހުން މިފަދަ ކަންތަށް މަޖަލަކަކަށްކުރާއިރު އަނެއްބައި މީހުން ހިތްހަމަޖެހޭތީވެސް ކޮއްލައެވެ. އެއީ ކޮންމެ މީހެއްނަމަވެސް އިތުބާރު ޤާއިމްކޮށް ތަފާތު ފޮޓޯތަކާއި ވީޑިއޯތަށް ހިއްސާކޮށް އެކަމުން އުފާލިބިގަތުމަކީ ބޮޑު ބޭވަފާތެރިކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!