އައްޑޫ ސިޓީ ފޭދޫއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވިދާޅުވީ އެމީހާ އަކީ މި މަހުގެ ހަވަނަ ދުވަހު އައްޑޫ އަށް އައި މީހެއް ކަމަށެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލޭގައި އޭނާ ހުރެ ނެގި ރެންޑަމް ސާމްޕަލް އަކުން ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!