ޕޮޒިޓިވްވި 240 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި: ޑރ. ނަޒްލާ

ކޮވިޑަށް ޕޮޒިޓިވް 240 ފަރާތެއް އައިސޮލޭޝަނަށް ނުގެންދެވި ގޭގޭގައި އެބަ ތިބި ކަމަށް ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒުލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެސްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދުގެ ހަވީރު ހައެއް ޖެހުމާއި ހަމައަށް ފެސިލިޓީސްތަކަށް ނުގެންދެވި 240 މީހުން އެބަތިބި ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ވަނީ ޕޮޒިޓިވްވި ބައެއް މީހުން ފެސިލިޓީތަކަށް ދާން ބޭނުން ނުވާތީ ކަމަށާއި އެކި ކަހަލަ ކަންކަމާ ހުރެ ނުގެންދެވި ހުރި ފަރާތްތައް ކަމަށެވެ.

“މިސާލަކަށް ކުއްޖާގެ މަންމަ ޕޮޒިޓިވް ވިޔަސް، ކުއްޖާގެ ނަތީޖާ ނުލިބޭތީ ފެސިލިޓީއަށް ދާން ބޭނުން ނުވާ މީހުން އެބަތިބި. ހަމަ މިގޮތަށް ކުއްޖާ ޕޮޒިޓިވްވެފައި މަންމަގެ ނަތީޖާ ނުލިބޭތީ ދާން ބޭނުން ނުވާ މީހުން އެބަތިބި.” ޑރ.ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!