ފޮޓޯ: މިހާރު

10ގެ ފަހުން ބޭރުގައި އުޅުނު 79 މީހަކާއި މާާސްކު ނާޅައި އުޅުނު 62 މީހަކު ޖޫރިމަނާކޮށްފި

10ގެ ފަހުން ބޭރުގައި އުޅުނު މީހަކާއި 79 މާާސްކު ނާޅައި އުޅުނު 62 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑޮކްޓަރު ނަޒްލާ ރަފީގް ވިދާޅުވީ ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުނު 157 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އަދި 79 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މަގުމަތީގައި މާސްކު ނާޅާ އުޅުނު 137 މީހަކަށް ނަސޭހަތްދީ، 62 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ޑޮކްޓަރު ނަޒްލާ ވިދާޅުވި އެވެ. 

ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު ވަނީ އިއުލާނުކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!