އިތުރު 37 މީހުން ކޮވިޑުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 37 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިއުލާން ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،791 އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 144 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!