އިތުރު 129 މީހަކު ޕޮޒިޓިވް ވެއްޖެ

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 129 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 128 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް މީހަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ 9 މީހަކާއި ނެޕާލީސް މީހެކެވެ. ދެން ހިމެނެނީ 93 ދިވެހިންނެވެ.

  • ރާއްޖެއިން މިހާތަނަށް ޖެހުނީ: 4898
  • 19 މީހަކު ވަނީ މަރުވެފައި
  • 2791 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 2088
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 144
  • މިހާތަނަށް ނަގާފައިވަނީ 87،632 ސާމްޕަލް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!