ގޯހަރް ޚާންގެ އާ ލޯބިވެރިޔަކީ ޓިކްޓޮކް ތަރިއެއް؟

ބިގް ބޮސް ގެ 7 ވަނަ ސީޒަނުން ވިދައިލި މޮޑެލް/އެކްޓްރެސް ގޯހަރް ޚާން އާ ލޯބިވެރިޔަކު ހޯދައިފި ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޙަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާ ގޮތުގައި ގޯހަރް، 36، ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މީސްމީޑިއާ އިންފުލުއެންސާ ޒައިދް ދަރްބާރް އާއެވެ. ޒައިދް އަކީ ޓިކްޓޮކުން ވިދައިލި ތަރިއެކެވެ. އެގޮތުން ޒައިދްގެ ބޭބެ އާވިޒް ދަރްބާރަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ޓިކްޓޮކް ތަރިއެވެ. ހަމައެހެންމެ، އިންޑިއާގައި ޓިކްޓޮކް މަނާކުރުމުގެ ކުރިން އެންމެ ގިނަ ފޮލޯވަރުން ތިބި އެއް ޓީމަކީ ދަރްބާރް އާއިލާއެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ގޯހަރާއި ޒައިދް އަންނަނީ ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކުރަމުންނެވެ. އަދި އެދެމީހުން ރައްޓެހި ވެގެން އުޅޭކަމަށް ދެކެވޭ ވާހަކައަށް އިތުރު ބާރެއް ލިބެނީ ޒައިދް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއިންނެވެ.

View this post on Instagram

Her soul is pure magic🦋 @gauaharkhan 🤍

A post shared by Zaid Darbar (@zaid_darbar) on

ގޯހަރާއެކު ނަގާފައިވާ ފޮޓޯގެ ތިރީގައި ޒައިދް ވަނީ ގޯހަރަކީ “ޖާދޫއެއް ކަހަލަ ނަފްސެއް” ގެ ގޮތުގައި ސިފަކޮށް ލިޔެފައެވެ.

ގޯހަރް އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވަނީ ޓީވީ އެކްޓަރު ކުޝާލް ޓަންޑަން އާއެވެ. މި ދެމީހުން ދިމާވެފައިވަނީ ބިގް ބޮސް 7 ގެ ގޭ ތެރެއިންނެވެ. ކުޝާލާއި ގޯހަރަކީ އޭރު ވަރަށް މަޤުބޫލުވި ޖޯޑެކެވެ. ނަމަވެސް ދުވަސްތަކެއް ފަހުން އެދެމީހުން ވަނީ ރުޅިވެފައެވެ. އެހެނަސް، ދެމީހުންގެ އެކުވެރިކަން އަދިވެސް އެބައޮތެވެ. ގޯހަރް މިހާރު ރައްޓެހިވެގެން އުޅޭކަމަށް ބުނާ ޒައިދަކީ ގޯހަރަށްވުރެ 12 އަހަރު ހަގު މީހެކެވެ.

ބިގް ބޮސް 7 ކާމިޔާބު ކުރުމަށްފަހު ގޯހަރް ޚާން ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި “އިޝަގްޒާދޭ”، “ފީވާ” އަދި “ބޭގަމް ޖާން” ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!