ރިޟުވާންގެ މައްސަލައިގެ ތަހުޤީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރަކު ހިމަނަނީ

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ވަނީ 6 އަހަރުވެފައިވާއިރު, ރައީސް މިއަދު ޓްވީޓާގައި އާއްމު ކުރެއްވި ނޯޓެއްގައި ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ. އަދި ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އާއިލާގެ އެދުމާއި އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން ދަނީ، އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

“މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން”ގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް އުފައްދަވާފައިވާ ކޮމިޝަނުން ރިޟުވާނުގެ މައްސަލަ ތަހުޤީޤުކުރުމަށް ފަހުގައި ބުނެފައި ވަނީ ރިޟުވާނު ވަގަށް ނަގައި ބޯބުރިކޮށް މަރާލުމަށް ފަހު ހަށިގަނޑު ކަނޑުފައްތާފައި ވާކަމަށެވެ. އަދި އެކަމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ، ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!