އަބީޝެކް ކޯވިޑް 19 އަށް ނެގެޓިވް ވެއްޖެ

އަބީޝެކް ބަޗަން ކޯވިޑް 19 އަށް ނެގެޓިވް ވެއްޖެއެވެ.

އަބީޝެކާ އެކު އޭނާގެ ބައްޕަ އަމީތާބު ބަޗަން އަދި އަންހެނުން އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އަރާދުޔާ ބަޗަން ވެސް މި ދިޔަ މަހު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

އެ އާއިލާ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމީހުން ފަރުވާ ހޯދައިފައިވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުންނެވެ. ފަރުވާ ހޯދަމުން ދަނިކޮށް އައިޝްވާރިޔާ އަދި ދަރިފުޅު އަރާދުޔާ ވަނީ މީގެ ހަފުތާއެއް ކުރިން ބައްޔަށް ނެގެޓިވް ވެފައެވެ.

އަބީޝެކް ކޯވިޑަށް ނެގެޓިވްވެފައިވާ ކަން ވަނީ އޭނާގެ ބައްޕަ އަމީތާބު އަދި އަބީޝެކް ވަނީ ޓުވީޓްކޮށް ކަށަވަރު ކޮށްދީފައެވެ. ބައްޔަށް ނެގެޓިވްވުމާ ގުޅިގެން އަބީޝެކް މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ.

ކޯވިޑަށް ނެގެޓިވްވެފައިވާ ކަން އިންސްޓަގްރާމުގައި ސަޕޯޓަރުންނާ ހިއްސާ ކުރަމުން އަބީޝެކް ބުނީ ފަރުވާ ހޯދުމަށްފަހު އެނބުރި ގެޔަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަބީޝެކް ވަނީ ހޮސްޕިޓަލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!