ފޮޓޯ؛ އަވަސް

ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ 5.9 އިންސައްތަ ދަށަށް

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ، ޖީޑީޕީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5.9 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިކަން ހާމަކޮށްފައިވަނީ، އެއިދާރާއިން ނެރެފައިވާ މިއަހަރުގެ 2 ވަނަ ކުއާޓަރުގެ ނެޝަނަލް އެކައުންޓްސް ރިޕޯޓުގައެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަން ވަނީ 5.9 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީވަނީ 3.2 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.

މި އަހަރު ޖީޑީޕީގެ މާކެޓް ޕްރައިސް 19,778 މިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރު މި އަދަދު ވަނީ 18,602 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

އެމްބީއެސް އިން ބުނި ގޮތުގައި މި މުއްދަތުގައި ޖީޑީޕީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް އާއި ކޮންޓްރަކްޝަން އަދި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ހީނަރު ވެގެން ދިއުމެވެ.  މިގޮތުން ފަތުރުވެރިކަމުގެ ސިނާޢަތް 2.7 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ޢިމާރަތްކުރުމުގެ ސިނާއަތް 1.4 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. އަދި ހޯލްސޭލްއާއި ރީޓެއިލް ވިޔަފާރީގެ ސިނާޢަތް 1 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް މި ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ކުއާޓަރުގައިވެސް ޖީޑީޕީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމެވެ. އެގޮތުން ޖީޑީޕީގެ 26 އިންސައްތަ ފަތުރުވެރިކަން ހިއްސާކުރާއިރު، ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ދާއިރާ 13.4 އިންސައްތަ ހިއްސާކުރެއެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން 8.7 އިންސައްތަ ހިއްސާކުރާއިރު، ރިއަލް އެސްޓޭޓް ވިޔަފާރި 6.6 އިންސައްތަ ހިއްސާކުރެއެވެ. ރީޓެއިލް އަދި ހޯލް ސޭލް ވިޔަފާރީގެ ހިއްސާއަކީ 6.4 އިންސައްތައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!