ގައިޑްލައިނާ ހިލާފުވި އިތުރު 15 ތަނެއް ބަންދުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ތަނެއް ބަންދުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ 111 ތަނެއް އިންސްޕެކްޓްކޮށް އޭގެ ތެރެއިން 15 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. 

އެޗްޕީއޭ އިން ބުނި ގޮތުގައި އިއްޔެ ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ސެލޫންއާއި ބޯކޮށާއި ތަންތަން ހިމެނޭގޮތަށް ތިން ތަނަކާއި ހަ ފިހާރައެއްގެ އިތުރުން ހަ ކެފޭ/ ރެސްޓޯރަންޓެކެވެ.

އެޗްޕީއޭ އިން ކޮންމެ ދުވަހަކު ވެސް މި އިންސްޕެކްޝަން މިހާރު ކުރިއަށްގެންދާއިރު، މި އިންސްޕެކްޝަނުގެ ތެރެއިން ބަންދުކުރާ ތަންތަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިސްލާހުކޮށްފިނަމަ ހުޅުވަން ހުއްދަ ދޭން ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!