އެއާ އިންޑިއާ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

އެއަރ އިންޑިޔާގެ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލައިޓު ވެއްޓުނު ހަބަރު އެއްސެވީ ހިތާމައާ އެކު ކަމަށާއި އެ ހާދިސާގައި އަސަރުކުރި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ކޮވިޑް އާ ގުޅިގެން ދުބާއީ ގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން ރޭ އިންޑިޔާގެ ކެރަލާގެ ކަލިކަތު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ޖައްސަން މަސައްކަތްކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓުނު ހާދިސާގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ. 190 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވާދީއަކަށް ވެއްޓި ދެ ފަޅިއަށްވަނީ ބިންދައިގެންގޮސްފައެވެ. އެ ޙާދިޘާގައި މަރުވި މީހުންގެ ތެރޭގައި މަތިންދާބޯޓު ދުއްވި ދެ ޕައިލެޓުންވެސް ހިމެނެއެވެ. އެ ޙާދިޘާގައި 100އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

އެ މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!