ކެޓްރީނާ އެންމެ ކުޅޭ ހިތްވާ ކުޅިވަރު މަތިން ވަރަށް މިސްވޭ

ބޮލީވުޑްގެ މަޝްހޫރު ތަރި، ކެޓްރީނާ ކައިފްއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. 

ބޮލީވުޑްގައި 16 އަހަރު ހޭދަކޮށް، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކެޓްރީނާ ލޮކްޑައުން ތެރޭގައި ފެންނަނީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ތަނެވެ. އެގޮތުން، އޭނާ ގިނައިން ފެންނަނީ ގޭތެރޭގެ މަސައްކަތްތަކުގައި އުޅޭ މަންޒަރެވެ. އޭނާ ގެ ސާފު ކުރާ ގޮތުން ފެށިގެން ގޭގައި ކަސްރަތު ކުރާނެގޮތް އޭނާގެ ފޮލޯވަރުންނަށް ކިޔައިދީފައިވެއެވެ. ކެޓްރީނާ، ވަނީ ކައްކާ ވީޑިއޯއާއި، ތަށި ދޮންނަ ވީޑިއޯ ވެސް ހިއްސާކޮށްފައެވެ. ލޮކްޑައުން ތެރޭގައި އޭނާ ވަނީ ކައްކަންވެސް ފަށައިފައެވެ.

މިފަހަރު އޭނާ ހިއްސާ ކުރި ފޮޓޯއެއްގައި އޭނާ ވަނީ ކްރިކެޓަށް އޮންނަ ލޯބި ހާމަކޮށްފައެވެ. އަދި ކްރިކެޓް ކުޅޭ މަތިން ވަރަށް ހަނދާންވާ ކަމަށް އޭނާ ބުންޏެވެ.

ކެޓްރީނާގެ ދެން އެންމެ އަވަހަށް ނުކުންނާނީ، އަކްޝޭކުމާރާއެކީ ކުޅުނު ރޯހިތު ޝެޓީގެ ފިލްމު “ސޫރްޔާވަންޝީ” އެވެ. އުމުރުން 35 އަހަރުގެ ކެޓްރީނާ މިހާރު ހިމެނެނީ ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ތަރީންގެ ތެރޭގަ އެވެ. އަދި އޭނާ އަންނަނީ ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަނުމަށް ވެސް ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!