އިންޑިއާ ފްލައިޓް ހާދިސާގައި 16 މީހަކު މަރުވެއްޖެ

މިއަދު މެންދުރު ފަހު ޑުބާއީ އިން ފުރައިގެން ކެރަލާއަށް ޖައްސަން މަސައްކަތްކުރި ފްލައިޓް ނަންބަރު IX1344 މަތިންދާބޯޓް ރަންވޭ މަތިން ކަހާލައިގެން ކާރީގައި އޮތް ވާދީއަކަށްވެއްޓި 16 މީހުން މަރުވެއްޖެއެވެ.

މި ހާދިސާގައި އެބޯޓް ވަނީ ދެ ބުރިވެފައިއެވެ. އެ ޙާދިޘާގައި 123 މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ ތެރެއިން 15 މީހުންގެ ޙާލު ވަރަށް ގޯސްކަމަށް މަޢުލޫމާތު ލިބެއެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓާރ ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ފްލައިޓް އިން 190 މީހުން ދަރުތު ކުރި ކަމަށާއި އޭގެ ތެރޭގައި 170 މީހުންނާ 10 ކުޑަކުދިން އަދި 4 ކެބިން ކުރޫއިން ދަތުރު ކުރިއެވެ.

ހަރްދީޕް ސިންގ ކުރި އިތުރު ޓްވިޓެއްގައި ބުނެފައިވަނީ އެއާ އިންޑިއާގެ ކަމާގުޅުންހުރި ފަރާތްތަކުން މި ހާދިސާ ތަހުގީގް ކުރުމަށް މިއަދު ގެ ވަގުތެއްގައި ދަތުރު ފަށާފައިވާކަމަށެވެ.

އެ ބޯޓްއިން ދަތުރު ކުރި އެންމެން ވަނީ މިހާރު ބޯޓްއިން ނެރެ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިންމާލައިފައިއެވެ. އަދި އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!