7 ރިސޯޓަކުން 6 ފަތުރުވެރިންނާއި 9 މުވައްޒަފުން ޕޮޒިޓިވް

ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި 7 ރިސޯޓަކުން 6 ފަތުރުވެރިންނާއި 9 މުވައްޒަފުން ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އެހެންނަމަވެސް އެއީ ކޮންކޮން ރިސޯޓުތަކެއްކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރައްވައެވެ. މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިވަގުތު އެރަށްރަށުން ބަލިޖެހިގެން ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނޭ 12 ރަށެއް ހިމެނެއެވެ.

ކޯވިޑް-19 ފެނުނު ރަށްރަށުގެ ތެރެއިން މިހާރު ފަރުވާ ދެމުންދާ މީހުން ނިސްބަތްވާ ރަށްރަށް

 • ހއ.ކެލާ
 • ހދ.ނައިވަދޫ
 • ބ.ކުޑަރިކިލު
 • ރ.އިނގުރައިދޫ
 • ޅ.ހިންނަވަރު
 • ކ.މާފުށި
 • ވ.ފުލިދޫ
 • ފުވައްމުލައް ސިޓީ
 • ހއ.އިހަވަންދޫ
 • ބ.ކަމަދޫ
 • ރ.ހުޅުދުއްފާރު
 • ހއ.ފިއްލަދޫ

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 83 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް ހަ މީހުންނަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

ރާއްޖޭގެ ކޮވިޑް ބަލީގެ ނަމްބަރު ވަރަށް ބޮޑުތަނުން އުފުލެން ފަށައި ދެ ހަފުތާ ވެފައިވާއިރު މިހާތަނަށް 4769 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. މިއަދު 29 މީހަކު ރަނގަޅުވި އިރު ޖުމްލަ 2754 މީހަކު ރަނގަޅުވެފައި ވެއެވެ. ރާއްޖެއިން މަރުވީ 19 މީހެކެވެ. ފަސް ބިދޭސީއަކު މަރުވެފައި ވެެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!