65 އަހަރުން މަތީ އެކްޓަރުންނަށް މަސައްކަތަށް ނުކުމެވޭ ގޮތަށް ބޮމްބޭ ހައި ކޯޓުން ނިންމައިފި

ކޮވިޑް-19 އާހެދި އިންޑިއާގައި ޤާއިމުކޮށްފައި އޮތް ލޮކްޑައުން އުވައިލުމާއެކު، ފިލްމުތަކާއި ޓީވީ ސީރިއަލް ތަކުގެ ޝޫޓިންގ އަލުން ފެށުމަށް ހުއްދަ ލިބުނަސް، 65 އަހަރުން މަތީގެ އެކްޓަރުން ޝޫޓިންގ އަށް ނުކުތުމަށް ހުރަސް އެޅޭ ގޮތަށް މަހާރަޝްޓްރާއިން ކޮށްފައި އޮތް އަމުރު ބާތިލްކޮށް، އެ އެކްޓަރުންނަށް ވެސް މަސައްކަތަށް ނުކުމެވޭ ގޮތަށް ބޮމްބޭ ހައި ކޯޓުން ނިންމައިފިއެވެ.

ހުކުރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ، 65 އަހަރުން މަތީގެ މީހުން ޝޫޓިންގ ތަކަށް ނުނިކުމެވޭ ގޮތަށް ނިންމާފައި އޮތް ނިންމުމަށް ބަދަލު ގެންނަން ނިންމީ ބޮލީވުޑްގެ ސީނިއާ އެކްޓަރެއް ކަމަށްވާ ޕްރަމޯދް ޕާންޑޭ ޖުލައި 21 ގައި ހުށަހެޅި ޕެޓިޝަން އަކާ ގުޅިގެންނެވެ. އެގޮތުން، ވަކި އުމުރެއްގެ ބަޔަކަށް މަސައްކަތަށް ނުނިކުމެވޭ ގޮތަށް ސަރުކާރަށް ނުނިންމޭނެ ކަމަށާއި، އެއީ އެމީހަކު އަމިއްލައަށް ވިސްނަންޖެހޭ ކަމެއް ކަމަށް އެ ޕެޓިޝަންގައި ލިޔެފައިވެއެވެ.

ހަމައެހެންމެ، މުނިފޫހިފިލުވުމުގެ ދާއިރާއަށް ވެސް އޮންނަން ޖެހޭނީ އެހެން ދާއިރާތަކަށް އޮންނަ އުސޫލުތައް ކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި އޮންނަ ނަމަ، ކޮންމެ މީހަކަށްވެސް މަސައްކަތަށް ނުކުމެވެން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

65 މީހުން ގިނަ އަދަދަކަށް އިންޑިއާގެ މުނިފޫހިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ. ޙާއްސަކޮށް ޓީވީ ސިލްސިލާތަކުގައި މުހިއްމު ރޯލުތަކުން ފެނެއެވެ.

ކޮވިޑް-19 ގެ ނުރައްކާ އޮންނަ “ހައި ރިސްކު ގްރޫޕު” ގައި ބޮޑަށް ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!