އިތުރު 89 މީހަކު ޕޮޒިޓިވް ވެއްޖެ

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 89 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 83 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް ހަ މީހުންނަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 19 މީހަކާއި އިންޑިއާގެ ހަ މީހަކާއި ސްރީލަންކާގެ ރައްުޔިތެއްގެ އިތުރުން ބްރިޓީސް ދެ މީހަކާއި އެމެރިކާ މީހެއް އަދި މިސްރު މީހެކެވެ. ދެން ހިމެނެނީ 56 ދިވެހިންނެވެ.

  • ރާއްޖެއިން މިހާތަނަށް ޖެހުނީ: 4769
  • 19 މީހަކު ވަނީ މަރުވެފައި
  • 2754 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 1996
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 129
  • މިހާތަނަށް ނަގާފައިވަނީ 86،651 ސާމްޕަލް

ރާއްޖޭގެ ކޮވިޑް ބަލީގެ ނަމްބަރު ވަރަށް ބޮޑުތަނުން އުފުލެން ފަށައި ދެ ހަފުތާ ވެފައިވާއިރު މިހާތަނަށް 4769 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. މިއަދު 29 މީހަކު ރަނގަޅުވި އިރު ޖުމްލަ 2754 މީހަކު ރަނގަޅުވެފައި ވެއެވެ. ރާއްޖެއިން މަރުވީ 19 މީހެކެވެ. ފަސް ބިދޭސީއަކު މަރުވެފައި ވެެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!