މިފަދަ ކަންކަން ނުކުރޭ! އަނބި ގޮއްޔެ ފޫހިވާނެ!

ކައިވެންޏަކީ ދިރިއުޅުމުގެ އައު ފެށުމެކެވެ. ކައިވެންޔަކަށްފަހު ކޮންމެ މީހަކުވެސް އެދޭނީ ހުރިހާ ގޮތަކުންވެސް ތިމާގެ ބައިވެރިޔާގެ އެންމެ މަޤުބޫލު މީހާއަށް ވާށެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވަނީ އެކިގޮތެވެ. ބައިވެރިންގެ ގޮތުގައި ލިބެނީ ތަފާތު މީހުނެވެ.

މިއަދުގެ ރިޕޯޓް މި ހާއްސަކޮއްލަނީ އަންހެނުނަން ޖަވާޒީ ހަޔާތުގައި ދިމާވާ ވަރަށް ތަފާތު މައްސަލައަކަށެވެ. ތިއީ ހުތުރު މީހެކޭ ނުބުނި ނަމަވެސް އެފަދަ އިޙުސާސްތަށް އަބިމީހާއަށް އިހުސާސްކުރެވޭ ހާލަތްތަކެއްގެ ވާހަކައެވެ. ފިރިމީހާގެ ބައެއް އަމަލުތަކުން އަބިމީހާއަށް އިހުސާސްވާ މި އިހުސާސްއަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަންކަމެވެ.

ފަހަރުގައި ބައެއް ފިރިހެނުން މިފަދަ އަމަލުތަށް ކުރަނީ އެކަންކަމުން އަނބިމީހާއަށް ކުރާނެ އިހުސާސްތަށް ނޭނގިކަމަށް ވެދާނެއެވެ. އެހެންނަމަ ތިރީގައިވާ ޕޮއިންޓްތަށް ކިޔާލާށެވެ.

  • އެއްގޮތަކަށްވެސް އަނބިމީހާގެ ޙިދުމަތްތަކަށް ތައުރީފު ނުކުރުން

ފިރިމީހާ އަނބިމީހާގެ ހަޔާތުގައި ހިނގާ ކަންތަށްތަށް ފާހަޤަ ނުކުރުމަކީ އަނބިމީހާގެ ހިތަށް އަސަރުކުރުވާކަމެކެވެ. އަންހެން މީހާ ދަރިންބަލާލެއް ރަގަނޅުވެގެން ނޫނީ ކާއެއްޗެހި ހަނދާލެއް މީރުވެގެން ނޫނީ ފަލަ މީހަކު ހިކުނުކަމަށްވިޔަސް އެކަންވެސް ފާހަގައެއް ނުކުރާނެއެވެ. ފިރމީހާއަށްޓަކައި ރީތިވިޔަސް ހަށިގަނޑަށް ބަދަލެއް ގެނަޔަސް އެފަދަ ކަންތަށްތަކަށް ތައުރީފުނުކުރާނަމަ އެކަމުން ތިމާއަކީ އެއްވެސް ކަމެއް ފިރިމީހާ ހިތްހަމަޖެހޭގޮތަށް ކޮންނުދެވޭ މީހެކޭ އިހުސާސްވާނެއެވެ.

  • މާބޮޑަށް އެހެން އަންހެނުންނަށް ބެލުމާއި އެމީހުންނަށް ތައުރީފުކުރުމާއި ގާތްގުޅުންތަށް ބޭއްވުން

ފެންނަ އަންހެންކުދިންގެ ރީތިކަމަކީ އަޅާނުލާ ދޫކޮއްލެވޭ ވަރުކަންކަމެއްނޫނެވެ. އެހެން ނަމަވެސް ކައިވެންޏަށް ފަހު އަނބިމީހާއަށްޓަކައި މިފަދަ ކަނަކަމުން ދުރުވާން ޖެހެއެވެ. މަގުމަތީގައި ހިނގާފާދާއިރު ފެންނަ ކުދިންނަށް ބަލަހައްޓައިގެން ހުރުން ނުވަތަ ފަސް އެބުރި ބެލުންފަދަ ކަނަތަކަމީ އަނަހެނުންނަށް ބަލައިގަންނަށް އުދަނގޫ ކަންތަށްތަކެކެވެ. އެކުގައި މަސައްކަތްކުރާ އަންހެން ކުދިން ނުވަތަ އެހެން އަންހެން ކުދިންނަށް އެއްވެސް ކަމެއްނެތި މެސެޖުކުރުންފަދަ ކަންތަށްތަކުން އަނބިމީހާގެ ހިތަށް އަސަރުކުރެއެވެ. އެހެން އަންހެން ކުދިންގެ ރީތިކަން ފާހަގަކުރުމާއި ތައުރީފުކުރުމުން އެ އަޑުއަހަން އަބިމީހާއަށް އުދަނގޫވެއެވެ.

  • އޮރިޔާން ކާޑު ނޫނީ އެފަދަ ވީޑިއޯތަށް އާދަވެގެން ބެލުން

މިއީ ކޮއްގެން ވާނެ ކަމެއްވެސް ނޫނެވެ. މިކަމުގެ ސަބަބުން ތިމާގެ ޖަވާޒީ ހަޔާތަށް އަންނަ ހީނަރުކަން ވަރަށްބޮޑެވެ. މިފަދަ އެއްޗެއްސާ މާ ބޮޑަށް ގަޔާވާނަމަ ގިނަ އަބިންނަށް އިހުސާސްވަނީ އެމީހުންގެ ފިރިންނަށް ދެމަފިރިކަމުގެ ގުޅުމުން ލިބެންޖެހޭ ހިތްހަމަޖެހުން އެމީހުންނަށް ހޯދައިނުދެވޭކަމެވެ. އެފަދަ ވިޑިއޯތަކުގައި ގިނަ ފަހަރަށް ދައްކަނީ އެޑިޓްކުރެވިފައިވާ އަސްލެއްނެތް މަންޒަރުތަކެކެވެ. އެހެން ނަމަވެސް އެ އެއްޗެހި ބަލާ މީހުން އެމީހުންގެ އަބިންގެ ފަރާތުން ކުރެވޭ އުއްމީދުތަށް އެވީޑިއޯތަކާ އެއްހަމަވެއެވެ. އެހިސާބުން ހަޤީޤީ ދެމަފިރިކަމުގެ ގުޅުމުން ލިބެންޖެހޭ ހިތްހަމަޖެހުން ދެމީހުންކުރެ އެކަކަށްވެސް ނުލިބެއެވެ.

މިފަދަ ކަންކަމަކީ އަމިއްލަ ކަންކަމޭ ބެހޭކަން ނުޖެހެޔޭ ބުނާ މީހުންވެސް ވަރަށް ގިނައެވެ. އެކަމަކުވެސް އަނބިމީހާގެ އިހުސާސްތަކަކީވެސް ތިމާގެ އަމިއްލަ ކަމެކެވެ. ނުބުންޏަސް މިފިދަ ކުދިކުދި ކަންތަށްތަކަކީ އަނބިންނަށް ބޮޑެތި ކަންތަށްތަކަށްވެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާ މިކަންކަން ގުޅޭ ހިސާބުން މިކަން ހަޤިޤީ މައްސަލައަކަށްވެގެންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!