ބައިވެރިޔާގެ އުފާވެރި ހިނިތުންވުން ދެކެން ބޭނުންނަމަ މިހެން ބުނެލަބަލަ!

ދިރިއުޅުމުގައި ތިމާގެ ބައިވެރިޔާގެ އިހުސާސްތަށް ދެނެގަނެގެން އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ބައިވެރިޔާއާއި ދޭތެރޭގައި ތިމާގެ އިޙުސާސް ދުލުން ބުނުމަކީ ވެސް އެހާމެ މުހިއްމުކަމެކެވެ.

ކޮންމެ ދުވަހަކު ނުބުންޔަސް އެކަމަކަށް ހާއްސަ ވަގުތެއްގައި ހާއްސަ ދުވަސްތަކުގައި ތިރީގައި އެވާ ޖުމްލަތަކުން ބައިވެރިޔާގެ ހިތް އުފާކޮއްދޭށެވެ. އެފަދަ ލަފްޒުތަކަކީ ގިނަ ދުވަސްތަކަށް ހަނދާނުގައި ހުންނާނެ ބަސްތަކަކަށްވާނެއެވެ.

  • ކޯޗެއް ބޭނުންވަނީ؟

ކެއުން ތައްޔާރުކުރުމުގެ ކުރިން މިއަދު ކާން ހަނދާނީ ކޯޗެއްތޯ ސުވާލުކޮއްލުން ނޫނި ބާޒާރަށްދާނަމަ ތިބާ ބޭނުންވަނީ ކޯޗެއްތޯ ސުވާލުކުރުމަކީ ބައިވެރިޔާއާއި ދޭތެރޭގައި ވިސްނާކަން ބައިވެރިޔާއަށް އިޙްސާސްކުރެވޭނެ ކަމެކެވެ. ހާއްސަކޮށް ބަލިވެ އުޅޭނަމަ ކާން ބޭނުންވާ އެއްޗަކާ ބެހޭގޮތުން އަދި އެހާލަތުގައި ބައިވެރިޔާއަށް އެހީވުމަށް ކޮންދޭންވީ ކޮންކަމެއްތޯ ސުވާލުކޮއްލުމުން ހިތްހަމަޖެހުން އިޙްސާސްކުރެވޭނެއެވެ.

  • އަހަރެންގެ ދިރިއުޅުމަށް ތިބާ އަޔަތީ އަހަރެން ފަހުރުވެރިވަމެވެ.

މި ޖުމްލަ އަކީ އާދަޔާ ހިލާފަ އުފާވެރިކަމެއް ހިތަށް ގެނުވާ ދިރިއުޅުމުގައި ތިމާގެ އަކީ ހާއްސަ އަދި އެހާމެ މުހިއްމު މީހެއްކަން އިހުސާސްކޮއްދޭނެ ޖުމްލައެކެވެ. ތިބާއަށް ދިމާވާ ބޮޑުކަމެއްގައި އެހީތެރިވާ ހިނދު މިފަދަ މާނައެއް ދޭހަވާ ޖުމްލައަކުން ބައިވެރިޔާގެ ހިތްއުފާކޮއްދީ ޝުކުރުވެރިވާށެވެ.

  • ބޭރުފުށާއި އެތެރެފުށުންވެސް ތިއީ ރީތި މީހެކެވެ.

ވަރަށް ގިނަ ފަހަރަށް ބައިވެރިޔާ އަޅާ ހެދުމާއި ރީތިވެލާފައި ހުންނަ އިރު މޫނުމަތީގެ ރީތިކަމަށް ތައުރީފުކުރެވެއެވެ. މިފަދަ ވަގުތުތަކުގައި އެތެރެފުށުގެ ރީތިކަމުގެ ވާހަކަ ދައްކަން ހަނދާން ނައްތާނުލާށެވެ.

  • ތިކޮއްދޭ ހުރިހާ ކަމަކަށް ޝުކުރުވެރިވަމެ.

ދިރިއުޅުމުގައި އާއްމުކޮށް ކޮއްއުޅޭ ކަންތަށްތަކަށް ޝުކުރުވެރިވުމަކީ އަހަރެމެން ވަރަށް ގިނަ ފަހަރަށް ހަނދާން ނެތޭ ކަމެކެވެ. އެކަމަކުވެސް އެއިން އެއްވެސް ކަމަކާ ނުލާ ދިރިއުޅުން ފުރިހަމަ ނުވާނަމަ އެންމެ ޝުކުރުވެރިވުން އައުލާކަން ބޮޑި އެކަންކަމަށެވެ. އާއިލާ ބެލެހެއްޓުމަށް ފައިސާ ހޯދުމާއި ދަރިން ބެލުމާއި، ކެއްކުމާއި، އާއިލާއަށް ވަގުތުދިނުންފަދަ ހުރިހާ ކަމަކަށް ބައެއް ފަހަރަށް ހާއްސަ ޝުކުރެއް އަދާކުރުމަކީ ކޮއްދޭ ކަންކަށް ބައިވެރިޔާ ބަލައިގަންނަ ކަމުގެ އިހުސާސް ކުރެވޭނެ ކަމެކެވެ.

  • އަހަރެން ވަރަށް ލޯބިވެއެވެ.

ލޯބިވާކަން ބުނުމަކާ ނުލާ ހާމަކޮއްދިނަސް، އެ ލަފްޒުތަށް ބުނުމުން އެލިބޭ ހިތްހަމަ ޖެހުން ތަފާތެވެ. ގިނަ ގިނައިން ބައިވެރިޔާދެކެ ވަރަށް ލޯބިވާ ވާހަކަ ބުނުމުން ލޯބި އާލާކޮއްދޭކަން ބައެއް ދިރާސާތަކުންވެސް ދައްކައެވެ.

  • އަބަދުވެސް ތިބާއަށްޓަކައި ތިބާއާއިއެކު ހުންނާނަމެވެ.

ކޮއްދޭ ގިނަ ކަންތަށްތަކުން އެކަކު އަނެއްކަކަށްޓަކައި އަބަދުވެސް ހުންނަކަން ފަހަރުގައި އިޙުސާސްވެސް ވެދާނެއެވެ. އެކަމަކުވެސް ހިތްވަރުއެލި ބޮޑެތި ކަންކަމާ ކުރިމަތިލާ ވަގުތުތަކުގައި މިފަދަ މާނައެއް ދެހަވާގޮތަށް ދައްކާފައި ހުންނަ ވާހަކަތަކުން ހިތްވަރު ލިބިގަންނަން ފަސޭހަވެއެވެ.

ކޮންމެ މީހަކުވެސް ބައިވެރިޔާ އަބަދު ހިނިތުންވެފައި ހުންނަތަށް ދެކެން ބޭނުންވެއެވެ. މީގެން ޖުމްލައަކީ ބައިވެރިޔާގެ މޫނުމަތިން ހިނިތުންވުން ގެނައުމަށް ބާރުގަދަ ހަތިޔާރެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!