ކިމްސް ހޮސްޕިޓަލަށް ދިޔަ މީހުންގެ ތެރެއިން ބަލި މީހަކާއި އެހީތެރިއަކު ޕޮޒިޓިވް ވެއްޖެ

ކިމްސް ހޮސްޕިޓަލަށް ދިޔަ މީހުންގެ ތެރެއިން ބަލި މީހަކާއި އެހީތެރިއަކު ޕޮޒިޓިވް ވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓާ އިބްރާހިމް ރަޝީދު ވިދާޅުވީ 29 ޖުލައިގައި ކިމްސް ހޮސްޕިޓަލަށް ދިޔަ ބެޗްގެ އެއް ޕޭޝެންޓަކާއި އެހެން ޕޭޝެންޓެއްގެ އެހީތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި އެހީތެރިޔާ އަކީ ދިޔަ ޕޭޝެންޓްގެ ފަރުވާ ނިމި، މާލެ އަންނަން ހުރި މީހެއް ކަމަށާއި ނަމަވެސް ޕޮޒިޓިވް ވުމުން އިތުރު 14 ދުވަސް އިންޑިއާގައި ކަރަންޓީންގައި މަޑުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕޮޒިޓިވް ވެފައިވާ ބަލި މީލާގެ ފަރުވާވެސް މެދު ނުކެނޑި ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިންޑިއާގެ ކިމްސް ހޮސްޕިޓަލާއި ޓްރިވިންޑްރަމް ހޮސްޕިޓަލާއި އަމްރިތާ ހޮސްޕިޓަލްގައި އިތުރު ފަރުވާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ފަރުވާ ނިމިފައިވާ ފަރާތްތައް ރާއްޖެއިން ދާ ފްލައިޓްތަކުން އަންނަމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިނަޑިއާއަށް އިތުރު ފަރުވާއަށް ފޮނުވަނީ އީންޑިއާގެ ހޮސްޕިޓަލް ތަކާއި އާސަންދައާ ގުޅިގެން ކަމަށް ވާއިރު، ކޮންމެ ދުވަހަކުވެސް ބަލި މީހުންގެ ހާލަތު ބަލަހައްޓަން އެކަން ކަމަށް ކަނޑައާޅާފައި ތިބޭ ކޯޑިނޭޓަރުން ދާނެ ކަމަށާއި ހުރި ދަތިތަކާ ގުޅިގެން މަޝްވަރާ ކުރާނެ ކަމަށްވެސް ރަޝީދު ވިދަޅުވިއެވެ. އަދި އާސަންދައިންވެސް ޕޭޝަންޓުންގެ ހާލު ބެލުމަށް ގުޅަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!