އިންޑިއާގެ ފްލައިޓެއް ރަންވޭ އިން ކަހާލުމުން ބަޔަކު މަރުވެއްޖެ

ދުބާއީން އިންޑިއާގެ ކެރެލާގެ ކޮޒިހްކޮއްޑޭ އެއާޕޯޓަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއް ކެރެލާގެ އެއާޕޯޓްގައި ޖައްސަން އުޅެނިކޮށް ރަންވޭ މަތިން ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި ބައެއް މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގިއިރު ބޯޓުގައި 191 މީހަކު ތިއްބެެވެ. އޭގެ ތެރޭގައި ފަސެންޖަރުންނާއި ކްރޫން ހިމެނެއެވެ.

އިިންޑިއާގެ ނޫހެއް ކަަމަށްވާ ހިންދުސްތާނީ ޓައިމްސް އިން ރިޕޯޓްކޮށްފައިވަ ގޮތުގައި، ބޯޓު ރަންވޭގައި ޖެއްސި ވަގުތު ހިނގި ހާދިސާގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ. އަދި 40 ފަސެންޖަރަކަށް ވަނީ އަނިޔާވެފައެވެ. މަރުވި މީހުންގެ ތެރޭގައި ޕައިލެޓް ހިމެނޭ ކަމަށް ވެއެވެ. އަދި ކޯ ޕައިލެޓްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭ 7:40 ހާއިރު އެވެ، އެއިރު އެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި ބޯޓު ދެފަޅިވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ބޯޓުގެ ކޮކްޕިޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަަމަށް ވެއެވެ.

މިހާރު އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މި ހާދިސާގައި އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!