އިތުރު ފިލްމީ ތަރިއެއް އަމިއްލައަށް މަރުވެއްޖެ

އިންޑިއާގެ ބޯޕަލް އެކްޓްރެސް އަނޫޕާމާ ޕަތަކް އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ އަމިއްލައަށް މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުންދާ ގޭގައެވެ.

އުމުރުން 40 އަހަރުގެ އެކްޓްރެސް އަމިއްލައަށް މަރުވެފައި ވަނީ އޮގަސްޓް ދެ ވަނަ ދުވަހުއެވެ. އޭނާ މަރުވުމުގެ ކުރިން ފޭސްބުކްގެ އެކައުންޓުގައި ލައިވްކޮށް، އެއްވެސް މީހަކަށް އިތުބާރު ނުކުރާ ކަމާއި، އޭނާއަށް އޮޅުވާލާ މަކަރު ހަދާފައިވާ ކަަމށް ބުނެފައެވެ.

“ދިމާވާ މައްސަލަތަކާއި، ނޫނީ އަމިއްލައަށް މަރުވާ ހިޔާލުތައް އަންނަން ފެށުމުން އެ ވާހަކަތައް ކިތަންމެ ގާތް ރަހުމަތްތެރިއަކަށް ކިޔާދިން ނަމަވެސް، އެ މީހުން ބުނާނީ އެ ވާހަަކަތައް އެ މީހުން ގާތުގައި ނުދެއްކުމަށް، އެއީ ތިމާ މަރުވުމުން މައްސަލައިގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަަމަށް ބުނެ. އަދި މީގެ އިތުރުން، މީހުން ތިމާއަށް މަލާމަތްކޮށް އެހެން މީހުން ކުރިމަތީ ތިމާގެ އަގު ވައްޓާލަން މަސައްކަތް ކުރާނެ. އެހެންކަމުން ތިމާއަށް ދިމާވާ މައްސަލަތައް އެހެން މީހުން ކައިރީގައި ނުދައްކާ، އަދި ކޮންމެ މީހަކީ ތިމާގެ ރަހުމަތްތެރިއެއް ކަމަށް ނުދެކޭ”. ޕަތަކް އޮގްސްޓް އެއް ވަނަ ދުވަހު ކުރި ލައިވްގައި ބުނެފައި ވެއެވެ.

އޭނާ ވަނީ، މީހުންނަކީ އަޅާލާ ބައެއް ނޫން ކަމަށާއި، އެއީ ވަރަށް ދަހި ބައެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޕަތަކް އަކީ ބިހާރްއަށް ނިސްބަތްވާ މީހެކެވެ. އޭނާ މުމްބާއީއަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ ވަޒީފާގެ ބޭނުމުގައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ މަރާއި ގުޅޭ ސޫސައިޑް ނޯޓެއް ފުލުހުން ވަނީ ހޯދިފައެވެ. އަދި އޭގައި ވަނީ އޭނާ ކުންފުންޏަށް ފައިސާ އިންވެސްޓްކޮށް، އެ ފައިސާ އަނބުރާ ނުލިބޭ ވާހަކައެކެވެ.

ފަހަކަަށް އައިސް އިންޑިއާގެ ފިލްމީ ތަރިން އަމިއްލަ އަށް މަރުވާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ވަނި ގިނަ ޑްރާމާތަކަކުން މަޝްހޫރުކަން ހޯދާފައިވާ ސަމީތު ޝަރުމާ އަމިއްލަ އަށް މަރުވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!