ވައިގަދަވެ، ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ފުރާޅުން ބައެއް ނެއްޓިއްޖެ

ވައިގަދަވެ، ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ފުރާޅުން ބައެއް ނެއްޓިއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެމްއެންޑީއެފުން ބުނީ އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ވައިގަވެ، ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ފުރާޅުން ބައެއް ނެއްޓިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 10:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!