ރާޖަޕަކްސައަށް ރައީސް އަދި ނައިބު ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި، އެ ގައުމުގެ ބޮޑު ވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ތަހުނިޔާ ފޮނުއްވާ ރައީސް ސޯލިހު ވިދާޅުވީ އެގައުމަށް ބޮޑެތި ކުރިއެރުންތަކާއި ފާގަތިކަން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގުޅުންވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިތުރު ކާމީޔާބީއަށް އެދިވަޑައިގެން ނައިބު ރައިސް ފައިސަލް ނަސީމު ވިދާޅުވީ މަހިންދަ ރާޖަޕަކްސައަށް ލީޑަރޝިޕްގައި ލަންކާއަށް އިތުރު ކާމިޔާބީތައް ލިބިގެންދާނެ އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑިމަކްރަސީގެ ރީތި މިސާލު ވޯޓުން ދައްކާފައިވާ ކަަމަށެވެ. ލަންކާގެ ރައީސް ގޯޓާބަޔަ ރާއްޖަޕަކްސައަށާއި މަހިންދަ ރާއްޖަ ޕަކްސައަށް ނަޝީދު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

ބުރާސްފަތި ދުވަހު ލަންކާގައި ބޭއްވި އިންތިޚާބުގައި 72 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އަދި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓް (އެސްޖޭބީ) އެލަޔަންސަށް ލިބިފައި ވަނީ 23 ގޮނޑި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިއަދު ލަންކާއިން ދެކެމުން އަންނަ ޒަމާނީ ތަރައްގީގެ ބާނީ އަކީ ނުވަތަ މޭސްތިރި އަކީ މަހިންދަ ރާޖަޕަކްސަގެ ގޮތުގައި އެޤައުމުގެ ގިނަ ރައްޔިތުން ސިފަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!