ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭ ކަމަށާއި މި 02 ޑިރެކްޓަރުން އިންތިހާބު ކުރުން މިއަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެ ކަަމަށެވެ.

ބޯޑު ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށާއި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ “ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން” އަށް ފެތޭ ފަރާތްތަކަކަށް ވާން ޖެހޭނެ ކަަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތަތައް:

ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރެއްގެ މަޤާމް އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން.

ދިވެހިރާއްޖޭގައި ނުވަތަ އެހެން ވެސް ގައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުން.

ވައްކަން،މަކަރާއިހީލަތް،ފައިސާއަށްހިޔާނާތްތެރިވުން،ފައިސާގެންގުޅުމުގައިނޭދެވޭގޮތްތަކަށްއަމަލުކުރުން،ފައިސާއަމާނާތެއްގެގޮތުގައިހަވާލުވެހުރެޚިޔާނާތްތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތައެނޫންވެސްމައްސަލައެއްސާބިތުވެފައިނުވުން.

މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައިވުން.

ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ޙިކުމަތްތެރިޔަކު ކަމުގައިވުން.

މާލީ ރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން.

އެހެންމީހުންނާ އެކު ކުރެވޭ މުޢާމަލާތް ތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކުކަމުގައި ވުން.

ބުއްދިސަލާމަތުން ހުރި، މީލާދީ ގޮތުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

ޢާންމު ޙިއްޞާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ޙިއްޞާދާރެއް ކަމުގައިވުން.

މީގެ އިތުރުން ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެން ނުވާނެ ކަަމަށް ވެސް ޝަރުތުގެ ތެރޭގައި ހިމެނެއެވެ.

ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، “އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަ ކުރެއްވުމަށްފަހު 30 އޮގަސްޓް 2020 ވަނަ ދުވަހުގެ 1600 ގެ ކުރިން ކޮމްޕެެނީ ސެކްރެޓަރީއަށް އެޑްރެސް ކުރައްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އަށް ނުވަތަ[email protected]އީ-މެއިލް އަށް ފޮނުއްވުން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!