ފިއްލަދޫ ބޯޓުން ތިނެއް، އިހަވަންދޫ ބޯޓުން ދެ މީހުން ޕޮޒިޓިވް

ހއ. ފިއްލަދޫ ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވެއްޖެ އެވެ.

މި މީހުންނަކީ ހއ ކެލާގައި ދުއްވާ ސަވާރީ ބޯޓުން އެންމެ ފަހުން ކެލައަށް ދިޔަ މީހުންނާ ކޮންޓެކްޓްވި ބައެކެވެ. ސަވާރީ ބޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓްގެ ކެޕްޓަނެވެ. އެއީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގާ ދަނީ ޓެސްޓް ކުރަމުންނެވެ.

އޭގެ ފަހުން އިތުރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ރޭ ބުނީ ހއ. ފިއްލަދޫ ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މި މީހުންނަކީ ސަވާރީ ބޯޓުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ރޭ ބުނީ އިހަވަންދޫގައި ދުއްވާ “ތަހުތު ބޯޓް” ގައި މަސައްކަތް ކުރާ ދެ ބިދޭސީންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ “242” ބޯޓްގެ ކޭޝިއަރުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭނާ ވަނީ އެރަށު ގިނަ މީހުންނާއި ބައްދަލުވެފަ އެވެ.

އެ ކޭސްއާ ގުޅިގެންވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!