ސަމީރްގެ މަރާއެކު ގިނަ ތަރިން ތައުޒިޔާ ކިޔައިފި

ގިނަ ޓީވީ ސިލްސިލާތަކެއްގައި މަސައްކަތް ކޮށްފައިވާ އެކްޓަރު ސަމީރް ޝަރްމާގެ މަރާ ގުޅިގެން މުނިފޫހިލިފިލުވުމުގެ ދާއިރާގައި އުޅޭ ގިނަ ތަރިން ތައުޒިޔާ ކިޔައިފިއެވެ.

ސްޓާ ޕްލަސް އިން ދައްކާ “ޔޭ ރިޝްތާ ހޭ ޕިޔާރް ކޭ” ގެ ރޯލެއް ކުޅެމުންދިޔަ ސަމީރް ދަންޖެހިގެން މަރުވެފައި ހުއްޓައި މިއަދު ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ބަދިގެ ތެރޭގައެވެ. މި ޙަބަރު ލިބުމާއެކު އޭނާގެ ހަންދާން އާކޮށް ތައުޒިޔާ ކިޔާފައިވާ ގިނަ ތަރިންނަކީ އޭނާއެކީ މީގެކުރިން މަސައްކަތް ކޮށްފައިވާ ތަރިންނެވެ.

އެގޮތުން އެ ސިލްސިލާގައި މަންމަގެ ރޯލު ކުޅޭ އެކްޓްރެސް ލަތާ ސަބެރްވާލް ބުނި ގޮތުގައި އެމީހުން އަދިވެސް ތިބީ ޝޮކެއްގައެވެ. “ދުވަހަކުވެސް ހިއެއް ނުކުރަން އޭނަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. އަހަރެން އަތުގަ އަދިވެސް އެބައިން ސަމީރް އަހަރެންގެ އުފަންދުވަހު އޮންލައިން ކޮށް ހަދާފަ ފޮނުވި މިއުޒިކް ކޮޅު”، ސަމީރް މަރުވިކަން ޤަބޫލުކުރަން ވެސް ދަތި ކަމަށްބުނެ ލަތާ ކިޔައިދިނެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ” ގައި ލީޑު ރޯލު ކުޅޭ ޝިވާންގީ ޖޯޝީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ސަމީރްގެ ފޮޓޯއެއް ހިއްސާކުރަމުން ބުނީ އެއީ ވަރަށް ހިތާމަވެރިކޮށް ހިނގި ކަމެއް ކަމަށެވެ.

ހަމައެހެންމެ، ކުރިން ވަރަށް މަޤުބޫލުވި ސިލްސިލާއެއް ކަމަށްވާ “ގީތު ހުއީ ސަބްސޭ ޕަރާއީ” ގައި ސަމީރުއާއެކީ ސްކްރީން ހިއްސާކުރި އެކްޓަރު ގުރްމީތު ވެސް ވަނީ އެ ޝޯގައި ދެމީހުން ނަގާފައިވާ ފޮޓޯތަކެއް ޓްވީޓުކޮށް ހަނދާން އާކޮށްފައެވެ.

މީގެ އިތުރުން ސަމީރްގެ މަރާ ގުޅިގެން ތައުޒިޔާ ކިއީ އެހެން ތަރިންގެ ތެރޭގައި ބޮލީވުޑް އެކްޓަރުން ކަމަށްވާ ވަރުން ދަވަން އާއި ސިދާތު މަލޯތުރާ ހިމެނެއެވެ. ސިދާތު ވަނީ ސަމީރުއާއެކު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ “ހަސީ ތޯ ޕަސީ” އާއި “އިއްތިފާގް” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!