ބިގް ބޮސް ތަރި އާސިމް ރިއާޒް އަށް ބަޔަކު ހަމަލަ ދީފި

ބިގް ބޮސްގެ 13 ވަނަ ސީޒަން ގެ ރަނަރަޕް އާސިމް ރިއާޒަށް ބަޔަކު ހަމަލާދީފިއެވެ.

އާސިމް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެނާ ސައިކްލިންގްއަށް ނުކުމެ އުޅެނިކޮށް ސައިކަލެއްގައި އައި ބަޔަކު އޭނާއަށް ފަހަތުން ހަމަލާދީފައިވާ ކަމަށެވެ.

އޭނާ ވަނީ އޭނާއަށް ލިބިފައިވާ އަނިޔާތައް ވެސް ދައްކާލާފައެވެ. އެގޮތުން އޭނާގެ އަތާއި، ފަޔަށާއި ބުރަކަށްޓަށް ލިބިފައިވާ ޒަހަމްތައް ވަނީ ދައްކާލާފައެވެ.

އާސިމްގެ ޕޯސްޓަށްފަހު އޭނާގެ ފޭނުން އަންނަނީ އޭނާއަށް އަވަހަށް ރަނގަޅުވުމަށް އެދި ހެޔޮ ދުއާ ފޮނުވަމުންނެވެ.

“ބިގް ބޮސް 13” އިން ލިބުނު މަޝްހޫރުކަމާ އެކު އާސިމްވަނީ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒާ އެކު ވީޑިއޯ ލަވައެއްވެސް ކުޅެފައެވެ. އަދި އޭނާ އާއި ލޯބިވެރިޔާ ހިމާންޝީ ކުރާނާއާއި އެކު ވެސް 2 ވީޑިއޯ ލަވައެއް ވަނީ ކުޅެފައެވެ. އަދި މިމަހު އިތުރު ލަވައެއް ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!