ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 128 އަށް

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 128 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެއްސަކާއި ބަންގުލަދޭޝްގެ 27 މީހަކާއި އިންޑިއާގެ މީހަކާއި ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1391 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 128 މީހަކު އެބަ ތިއްބެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިއްޔެ އުޅުނީ 110 ގަ އެވެ. އެހެންކަމުން މިއަދު މިވަނީ އިތުރު 18 މީހަކަށް އެޑްމިޓްކޮށް ފަރުވާދޭން ފަށާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!