ލަންކާގެ ޕާލިމެންޓަރީ އިންތިހާބު ކާމިޔާބުކުރީ ގޮތަބަޔާގެ ދެބެން

ސްރީލަންކާގައި އިއްުޔެ ބޭއްވި އާންމު އިންތިހާބު ރައީސް ގޮތަބަޔާ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ކުރިހޯދައި ކާމިޔާބުކޮށް އެކަން އިއުލާން ކޮށްފި އެވެ.

ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ. އަދި އޭގެ ތެރެއިން ހަ މިލިއަން ވޯޓު މިހާރު ގުނާފައިވާ އިރު 98 ގޮނޑިއެއްގެ ނަތީޖާ ވަނީ އެގިފަ އެވެ. އޭގެ ތެރެއިން 72 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓް (އެސްޖޭބީ) އެލަޔަންސަށް ލިބިފައި ވަނީ 23 ގޮނޑި އެވެ. އައިޓީއޭކޭއިން ވެސް ތިން ގޮނޑިއެއްގައި ކާމިޔާބު ހޯދާފައި ވެއެވެ.

ލަންކާގެ ޕާލަމެންޓްގައި 225 މެމްބަރުން ތިއްބަވަ އެވެ. ޕާލަމެންޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭނީ 150 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.

ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީން ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމުން ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސައަށް ފޯނުން ގުޅުއްވައި އެންމެ އަވަހަށް މަރުޙަބާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މިރޭ މަހިންދްރަ ރާޖަޕަކްސައަށް ފޯނުން ގުޅުއްވައި އިންތިޚާބުގައި ހޯއްދެވި ކާމިޔާބަށް މަރުޙަބާ ދަންނަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!