އިތުރު 19 މީހުން ކޮވިޑުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 19 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިއުލާން ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،725 އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ފަސް ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!