ކުޑަރިކިލުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޑަރިކިލު ކައުންސިލުގެ ރައީސް އަބުދުލް ހަންނާން އައްބާސް އާއި ހަވާލާދީ “ވަން” އިން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބަންގުލަދޭޝްގެ ރައްޔިތަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ. އެމީހާއަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީނަށް ދިޔަ މީހެއް ކަމަށް އަބުދުލް ހަންނާން ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ އޭނާގެ ސާމްޕަލް ނަގައި އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރަށް މިއަދު ފޮނުވުމުން، އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެ ސެންޓަރުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!