ބެލް ބޮޓަމްގެ ޝޫޓިންގްއަށް އަކްޝޭ އިނގިރޭސިވިލާތަށް

ކޮވިޑް-19އާއި ގުޅިގެން ލޮކްޑައުންގެ ސަބަބުން ހަތަރު މަސް ދުވަހު ހުރިހާ ފިލްމެއްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު ބޮލީވުޑްގެ ފިލްމްތަކުގެ ޝޫޓިންގްތައް ފެށުމުގެ ހުއްދަ މިހާރު ވަނީ ލިބިފަ އެވެ.

އެގޮތުން ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު އަލަށް ކުޅެން ފަށަން އުޅޭ “ބެލް ބޮޓަމް” ގެ ޝޫޓިންގް އަށް މިއަދު ވަނީ އިނގިރޭސިވިލާތަށް ފުރާފައެވެ. އަކްޝޭއާއި އެކު އަންހެނުން ޓްވިންކަލް ކަންނާ، އަންހެން ދަރިފުޅު ނިތާރާ އާއި ފިރިހެން ދަރިފުޅު އާރަވް ވެސް ވަނީ އަކްޝޭއާއި އެކު ޗާޓަރު ފްލައިޓެއްގައި އިނގިރޭސިވިލާތަށް ގޮސްފައެވެ.

އަކްޝޭ އެއާޕޯޓުން ފެނުނު އިރު އެ ފިލްމުން ދެން ފެނިގެންދާ ތަރި ލާރާ ދައްތާ އާއި އޭނާގެ ފިރިމީހާ އާއި ދަރިފުޅު އަދި ފިލްމުގައި ދެން ފެނިގެންދާ ހުމާ އާއި ވާނީ ކަޕޫރް ވެސް ވަނީ ޗާޓަރު ފްލައިޓުން އިނގިރޭސިވިލާތަށް ގޮސްފައެވެ.

ބެލް ބޮޓަމްގެ ފުރަަތަމަ ޕޯސްޓަރު މިދިޔަ މަހު ދައްކާލާފައިވާއިރު މި ފިލްމް ރިލީޒް ކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 2 ގައެވެ. މި ފިލްމް ޑައިރެކްޓް ކުރަނީ ރަންޖިތް ތިވާރީ އެވެ. އަދި ޕްރޮޑިއުސަރަކީ ޖެކީ ބަގްނާނީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!