ދިރާގު މަމެންގެ ވާހަކަ ބުނެގެން ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް

ދިރާގު މަމެން ބޭނުންކުރަން ދައުވަތު ދީގެން ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

“މަމެން ރިފެރަލް” ފީޗާ ގެ ނަމުގައި ތައާރަފްކުރި ފީޗާ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނަށް “މަމެން” ޕްލޭންސް އެކްޓިވޭޓް ކުރުމަށް “ރިފާ” ނުވަތަ ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެެވެ. 

މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން “ރިފާ” ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށްވެސް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. 

ހުރިހާ މަމެން ކަސްޓަމަރުންނަށްވެސް މަމެން އެޕްގައިވާ “ރިފަރަލް ޓެބް” މެދުވެރިކޮށް ޚާއްސަ “ރިފަރަލް ކޯޑް” އެއް ލިބޭނެ އެވެ. މި ކޯޑް މެދުވެރިކޯށް ބޯނަސް ޑޭޓާއާއި ލީޑާބޯޑް ޓްރެކް ކުރެވޭނެ އެވެ.

މަމެން އެޕް ގޫގުލް ޕެލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯއިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

މީގެ އިތުރުން ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25 ޕަސެންޓު ޑިސްކައުންޓް މި މަހުގެ ނިޔަލަށް ލިބިގެންދާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!