ކޮވިޑާ ގުޅިގެން މަޖިލީހުން ސިއްހީ އިދާރާތަކާ ބައްދަލުކުރަން ނިންމަވައިފި

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ދެކޮޅަށް ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮވިޑުގެ ކަންކަން ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވޭތުވެދި 50 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅުންނާ ބައްދަލުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޯވިޑް-19އާ ގުޅޭ ކަންކަން ބެލުމަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ އިދާރީ މޭޒުން މިހާރު ފަށާފައިވާ ކަމަށެވެ.

މި މައްސަލަ ދިރާސާކުރެއްވުމުގެގޮތުން ބައެއް ޑޮކްޓަރުންނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ބޭފުޅުންނާއި، ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބޭފުޅުންނާއި ކޮމެޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވޭތުވެދިޔަ 50 އަހަރު ރާއްޖޭގައި ޕަބްލިކް ހެލްތް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިބި ފަރާތްތަކާއި، މިނިސްޓަރ އޮފް ހެލްތުގެ މަޤާމު ފުރުއްވި ބޭފުޅުންނާއި، ކަމާގުޅުންހުރި ޖަމްޢިއްޔާތަކާއި، ހެލްތް ސެންޓަރުތަކާއި، ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫންވެސް ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!