ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީއިން މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރޗުއަލް ރިސެޕްޝަނެއް ބާއްވައިފި

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަރޗުއަލް ރިސެޕްޝަނެއް ބާއްވައިފިއެވެ.

މި ރިސެޕްޝަންގައި ޝަރަފްވެރި މެހުމާނަކަށް ބައިވެރިވެވަޑައިގަތީ ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ދުސިތު މަނަޕަންއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާބެހޭ ގޮތުންނާއި، ކޯވިޑް-19އިން އަރައިގަތުމަށް ތައިލެންޑް ފަދަ އެކުވެރި ޤައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޚާއްސަ ވީޑިއޯ މެސެޖެއް ވަނީ ދައްކާލާފައެވެ. މި މެސެޖްގައި މިނިސްޓަރ ޝާހިދު ވަނީ ތައިލެންޑް ބަހުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މީގެ 55 އަހަރުކުރިން ރާއްޖެއިން މިނިވަންކަން ހޯދިއިރު ރާއްޖެއަކީ އެންމެ ކުޑަ އަދި އެންމެ ފަޤީރު ޤައުމުކަމަށެވެ. މި ސަބަބައްޓަކައި ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުން ބަލައިގަތުމަށް ކުރި މަސައްކަތް އުނދަގޫވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެކުވެރި ޤައުމުތަކުގެ އެހީއާއެކު މިނިވަންކަން ހޯދިތާ އެންމެ ދެ މަސްދުވަހުގެ ތެރޭ އދ.ގެ 117ވަނަ ޤައުމަކަށް ރާއްޖެ ވުމަކީ، ރާއްޖެއިން އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުން ހާމަކޮއްދޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރިސެޕްޝަންގައި ތައިލެންޑްގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި، ތައިލެންޑް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!