ހުޅުދުއްފާރުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރ. ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުޅުދުއްފާރު ކައުންސިލްގެ މެންބަރު، އިބްރާހިމް ޝިފާޒް އާއި ހަވާލާދީ “ދަ ޕްރެސް” އިން ބުނީ ޕޮޒިޓިވް ވެފައި ވަނީ އިއްޔެ ހަވީރު ހޯމް ކަރަންޓީނަށް މާލެއިން ރަށަށް ދިޔަ އަންހެނެއް ކަމަށެވެ.

އޭނާ ރަށަށް ގޮސްފައި ވަނީ މާލެއިން ސާމްޕަލް ނަގައިގެން ކަމަށާއި އަދި އޭނާ ޕޮޒިޓިވް ކަން އެނގިފައި ވަނީ އިއްޔެ އިރުއޮއްސުނު އިރު ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އޭނާ ރަށަށް އައިސް ގޭގައި ކަރަންޓީންވުމާ ހަމައަށްވެސް އަމަލު ކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއެއްގޮތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އޭނައާ ކޮންޓެކްޓްވެފައިވާ އެއްވެސް މީހަކު އެ ރަށުން ނެތް ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!