ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ޖޭއެސްސީ އަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުން ހުސްވެފައިވާ މަގާމަށް ދެ ބޭފުޅެއްގެ ނަމަށް ހިޔާލު ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް އެމަނިކުފާނު މިއަދު ފޮނުވާފައިވާ ކަމަށެވެ.

ގާޒީ އަލީ ރަޝީދު ހުސައިން އަކީ މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!