ބެއިރޫތުގެ ގޮވުން: އެހިސާބަށް ލިބިފައިވާ ގެއްލުންތަކުގެ ސެޓެލައިޓް ފޮޓޯއެއް

މިދިޔަ އަންގާރަދުވަހު ބެއިރޫތުގައި ހިގާދިޔަ ނުރައްކާތެރި ގޮވުމާގުޅިގެން އެހިސާބަށް ލިބިފައިވާ ގެއްލުންތަށް ސެޓެލައިޓް ފޮޓޯއެއް މެދުވެރިކޮށް ދައްކާލައިފިއެވެ. ކުރިއާއި މިހާރުގެ ސެޓެލައިޓް ފޮޓޯއެއް ޕްލެނެޓްގެ ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮއްފައިވާއިރު އެފޮޓޯއިން ބައިރޫތުގެ ޕޯޓަށް ލިބިފައިވާ ގެއްލުން ވަރަށް ރަގަނޅަށް ފެނިގެންދެއެވެ.

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމަށްފަހު ނަގާފައިވާ މި ފޮޓޯ ނަގާފައިވަނީ 5 އޮގަސްޓްގައެވެ. އަދި އެގޮވުމުގެ ކުރިން ނަގާފައިވާ ފޮޓޯ ނަގާފައި އެވަނީ 31 މެއިގައި ކަމަށްވެސް ޕްލެނެޓްގެ ޓްވިޓާގައި ބުނެފައިވެއެވެ.

މުޅި ޕޯޓާއި އެތަނުގައި ހުރި ހުރިހާ ވެއާ ހައުސްތަކެއްގެ އިތުރުން އެތަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ މި ގޮވުމުގެ ބާރުމިނުގައި 0.2 ން 0.6 އާ ދެމެދުގެ ކިލޯޓަން ގެ ރޭންޖު ހުންނާނެ ކަމަށް ބެލެވެއެވެ.

މިގޮވުމާ ގުޅިގެން އެތަށް ހާސްބަޔަކަށް އަނިޔާވެ ފަރުވާ ދެމުންދާއިރު މިހާތަނަށް ސަތޭކައަށްވުރެން ގިނަ މީހުން މަރުވެފައިވާކަމުގެ މައުލޫމާތު ލިބެއެވެ. އަދި މިއަދަދުތަށް ގިނަ ވުމަކީވެސް ވަރަށް ގާތްކަމެއްކަމށް ރިޕޯރޓްތަށް ބުނެއެވެ.

މި ގޮވުމަކީ ކިހިނެއް ދިމާވިކަމެއްކަށް ދިރާސާކުރަމުންދާއިރު އަދި މިގޮވުން ގޮވަން ދިމާވި ސަބަބެއް ވަނީ ނުހޯދިއެވެ. މިއަށްވުރެ އެތަށް ގުނައެއް ބާރުގަދަ ގޮވުމެއް ދުނިޔޭގައި މީގެ ކުރިންވަނީ ގޮވާފައެވެ. އެއީ މީގެ 75 އަހަރު ކުރިން ހީރޯޝީމާއަށް ވައްޓާލި އެޓޮމިކް ބޮމެވެ. މިގޮވުމުގެ ބާރުމިނުގައި 15 ކިލޯޓަން ރޭންޖު ހުރިކަމަށްވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!