ބިދޭސީންނާ ބެހޭ އާ ގަވައިދެއް އަންނަ ހަފްތާގެ ތެރޭގައި އާއްމުކުރަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާ ގުޅޭ އާ ގަވައިދެއް އަންނަ ހަފްތާ ގެޒެޓް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ ‘ރާއްޖެ މިއަދު’ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ބިދޭސީންނާބެހޭ ގަވައިދަށް ގެންނަ އިސްލާހުތަކާއެކު ބިދޭސިންނާ ގުޅުންހުރި ގިނަ މައްސަލަތައް ހައްލު ވެގެންދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ބިދޭސިންގެ މައްސަލައަކީ އެބޭފުޅާ އެމަގާމާ ހަވާލުވީ އިރުވެސް އޭގެ ކުރިންވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ރައްޔިތުން ދެކެމުން އައި ކަމެއް ކަމަށެވެ. އަދި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސިންނާ ގުޅޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ ކޯވިޑް-19 އާއެކު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވަފައެވެ.

ކޯވިޑްގެ ސަބަބުން ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބިދޭސީން ތިބޭ ތަންތަނުގެ ހާލަތު ދަށްކަމާއި، ތޮއްޖެހިގެން ބިދޭސީންނެއް ގެންގުޅުމުގެ ސަބަބުން ކޯވިޑް-19 ފެތުރޭ މިންވަރުވެސް އިތުރުވެ، އެކަމުގެ ނޭދެވޭ އަސަރު ދިވެހި އާބާދީއަށްވެސް ކުރާނެ ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބިދޭސިން ލައްވާ މަސައްކަތް ކުރުވާ މުސާރަ ނުދިނުމުގެ މައްސަލައަކީ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް ބިދޭސީން މަސައްކަތްތަތެރިންނާއި ބެހޭ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ފައްޔާރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!