އަނެއްކާވެސް އިތުރު އެކްޓަރު އަމިއްލައަށް މަރުވެއްޖެ

ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ ސިލްސިލާ “ޔޭ ރިޝްތޭ ހޭ ޕިޔާރު” ގެ ރޯލެއް ކުޅެމުން ދިޔަ އެކްޓަރު ސަމީރު ޝަރުމާ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ސިލްސިލާގައި ޝޯރިއާ މަހޭޝްވަރީގެ ކެރެކްޓާ ކުޅެމުން ދިޔަ 44 އަހަރުގެ އެކްޓަރު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފެނުނީ އޭނާ މުމްބާއީގެ މަލާޑްގައި ދިރިއުޅޭ އެޕާޓްމަންޓްގެ ބަދިގެ ތެރޭގައި ދަންޖެހިފައި ހުއްޓައި ކަމަށެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ސަމީރު ދަންޖެހިފައިވާތާ ދެ ދުވަސްވަރު ވެދާނެ ކަމަށްވެއެވެ.

ނަމަވެސް މި މަރާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ދި ކަމާ ބެހޭ ފަރާތްތަކުން ހާމައެއްނުކުރެ އެވެ.

ސަމީރު އާންމުންގެ ތަރުހީބު ލިބުނު ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި “ކަހާނީ ގަރް ގަރް ކީ” އާއި “ކިޔުނީ ސާސް ބީ ކަބީ ބަހޫ ތީ” އާއި “ވޯ ރެހެނޭ ވާލީ މެހެލޯން ކީ” އަދި “އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ” ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!