އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅައިފި

ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅައިފިއެވެ.

އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ގޮތުގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ކަނޑައަޅާފައިވާއިރު، ގަން ޕޮލިސް ސްޓޭޝަނަށް ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝްވީނާ އަހުމަދުއެވެ. އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް މުއީން އެވެ.

އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅާފައިމިވަނީ ސިޓީތަކުގައި ދެމުންދާ ފުލުހުންގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ..

އެގޮތުން ގެނައި މި ބަދަލާއެކު އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ހަމަޖެހުނު ކޮމިޝަންޑް އޮފިސަރުން މިހާރުވަނީ އެސްޓޭޝަންތަކާ ހަވާލުވެ، މަސައްކަތް ކުރައްވަން ފައްޓާފައެވެ. އަަދި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާ ހަވާލުވެލެއްވި އޮފިސަރުން ވަނީ އައްޑޫ ސިޓީގެ މޭޔަާ އަބްދުﷲ ސޯދިގު އާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ އިއްޔެގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.

އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކަށް ކަނޑައަޅާފައިވާ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު، ފުލުހުންގެ ހިދުމަތުގައި 18 އަހަރަށް ވުރެގިނަ ދުވަސް ވެފައިވާއިރު، ޔޫސުފް ލޫތު އަކީ 2008 ވަނަ އަހަރުން ފެެށިގެން ތަހުގީގު ކުރަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. ޔޫސުފް ލޫތު ތައުލީމު ހާސިލްކުރައްވާފައިވަނީ ގާނޫނީ ދާއިރާއިންނެވެ. އެގޮތުން ޝަރީއާ އިން ލޯ އިން ޑިގްރީ ހާސިލްކުރައްވާފައިވާއިރު، މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވަނީ ޝަރީއާއިންނެވެ.

ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝްވީނާ ފުލުހުންގެ ހިދުމަތުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރިޝްވީނާ ވަނީ ފުލުހުންގެ ފްރަންޓްލައިންގެ އިތުރުން ޕޮލިސް މެޑިކަލް އަދި ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރައްވާފައެވެ. ރިޝްވީނާއަކީ ނާސިން ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ އަދި ކްރިމިނަލް ޖަސްޓިސް އިން މާސްޓަސް ޑިގްރީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަދި ރިޝްވީނާ މިހާރު ގެންދަވަނީ ސޯޝަލް ސައިންސް މޭޖާ އިން ޕޮލިސިން އިން ކްރިމިނޮލޮޖީން ޕީއެޗްޑީ ހާސިލްކުރެއްވުމަށް ކިޔަވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!