ގުޅީފަޅު މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ވެބްސައިޓެއް

ގުޅީފަޅު މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ވެބްސައިޓެއް ލޯންޗު ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި ވެބްސައިޓު ގައި ގުޅިފަޅު މަޝްރޫގެ މައުލޫމާތާއި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތްތައް ވެސް ހުންނާނެ ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ހުރި ނަމަ އެކަން “ފީޑްބެކް’ ގެ ގޮތުގައި މިނިސްޓްރީ އާ ހިއްސާ ކުރެވެނެ ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ބައިނަލްއަގްވާމީ ފެންވަރަށް ވިޔަފާރި ބަނދަރެއް ހެދުމުގެ މަޝްރޫއެކެވެ. ގުޅިފަޅު ބަނދަރަށް ބިން ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރަށް ދީފައި ވަނީ ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށެވެ. އެ އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި، ހަަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާން ޖެހޭނެ އެވެ.

ގުޅިިފަޅު ހިއްކާތީ އެ ސަަރަހައްދުގެ ކަނޑާއި ފަޅުތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ އާއްމުން ދަނީ އެ ޕްރޮޖެކްޓު ހުއްޓުވުމަށް އެދެމުންނެވެ. ގުޅިފަަޅު ޕްރޮޖެކްޓުުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރަށް އެ ސަރަހައްދުގެ ފަރުތަކަށް ގެއްލުން ލިބި ގިނަ ޑައިވް ޕޮއިންޓްތަކައް ވެސް ނުރައްކާ ވާނެކަމަށް އެކި ފަރާތްތަކުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!