ކޮވިޑް ޖެހުނު އެއް މަހުގެ ކުއްޖާގެ ހާލު ރަނގަޅު: އެޗްއީއޯސީ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލީގެ ސަބަބުން ހުން ގަދަވުމުން މިދިޔަ އަންގާރަ ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރި އުމުރުން އެންމެ އެއްމަހުގެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީީ އިން މިއަދު މިއަދު ބުނެފި އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާ އަށް ކޮވިޑް ޖެހުނީ ބެލެވޭ ގޮތުގައި މަންމަގެ ފަރާތުން ކަަމަށެވެ. އެއީ އެ ކުއްޖާ އަށް ބަލި ޖެހިފައިވާކަން އެނގުމުން، ކޮންްޓެކްޓް ޓްރޭސިންގެ ތެރެއިން މަންމަ ޓެސްޓް ކުރިއިރު މަންމަ ވެސްް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އަންގާރަ ދުވަހު މީޑިއާގެ ސަމާލުކަމަށް ގެންނެވީ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކުއްޖާ އޮތީ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައި ކަމަށެވެ. ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދާއިރު، އެއް މަހުގެ ކުއްޖަކު އެޑްމިޓްކޮށްފައިވާ ކަމުގެ މެސެޖް ޑރ. ފައިސަލް ދެއްވީ އާއްމުން އިތުރަށް ރައްކާތެރިވެ ތިބުމުގެ ނަސޭހަތެއްގެ ގޮތުންނެވެ.

ދޮޅު މަހުގެ ކުއްޖަކު ވެސް ކުރިން ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދީފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!