އެހެން ކޯޓަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް ފުރުސަތެއް ހުޅުވާލައިފި

މެޖިސްޓްރޭޓުންގެ ތެރެއިން އެހެން ކޯޓަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތެއް ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން މެޖިސްޓްރޭޓުންނަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 14 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ކޯޓަކަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށެވެ. އެއިން ކޯޓަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރި މެޖިސްޓްރޭޓުން އަންނަ ބުދަ ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް ސިޓީއަކުން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މި ގޮތުން އިސް މެޖިސްޓްރޭޓު ކަމުގެ މަގާމަށް ކޯޓަކަށް ބަދަލު ވުމުގެ ފުރުސަތު ހުޅުވާލީ ހދ. ނޮޅިވަރަމް، ރ. މަޑުއްވަރީ، ބ. ތުޅާދޫ، ފ. ފީއަލި، ފ. ބިލެތްދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫގެ އިތުރުން ގދ. ފަރެސްމާތޮޑާ ކޯޓަށެވެ. މެޖިސްޓްރޭޓް ކަމުގެ މަގާމާއި ށ. ފުނަދޫ، ނ. މަނަދޫ، ވ. ފެލިދޫގެ އިތުރުން ގދ. ތިނަދޫ ކޯޓަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!