މިހާތަނަށް 93 ފުލުހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި: ސީޕީ

ކޮވިޑް-19 އަށް 93 ފުލުހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 95 ފުލުހުން ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ 56 ކޭސް ކަމަށެވެ. ބަލިން ފަސޭހަވެފައިވަނީ 39 ފުލުހުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅަމުން އަންނައިރު އެކަމަށް ބޭނުންވާ އެހީތެރިކަން ފުލުހުން ފޯރުކޮށްދެމުންދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރީސަފުގައި ހެލްތު ކެއަރ ވަރުކަރުންގެ އިތުރުން، ފުލުހުންނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތައް ދަނީ މަސައްކަތް ކުރަމުންނެވެ. އެފަރާތްތަކަށް ޚާއްސަ އެލަވެންސެއް ސަރުކާރުން ވަނީ ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!