ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯ އިމާރާތާއި އެމްޑާބްލިއު އިމާރާތާއި ދޭތެރޭގައި އޮތް ހުސްބިމެއްގައި ހުރި ކުނި ތަކެއްގައި ރޭ ފަތިހު އަލިފާން ރޯވެފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ފަތިހު 5:45 ގައި ކަމަށާއި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ ޓިމުން ހަރަކާތްތެރިވި ކަމަށެވެ. އަދި މި އަލިފާންގަނޑު ހެނދުނު 6:02 ގައި ކޮންޓްރޯލްކޮށްފައި ވެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!