އެއްމަސް ދުވަހުގެ ކަރަންޓީނަށްފަހު އަނުރާގް އެނބުރި އަންނަނީ

ސްޓާ ޕްލަސްގެ މަޤްބޫލު ސިލްސިލާ “ކަސޯޓީ ޒިންދަކީ ކޭ” ގެ ލީޑު އަނުރާގް ގެ ރޯލު ކުޅޭ ޕާތު ސަމްތާން މީގެ މަހެއް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އެ ޝޯގެ ޝޫޓިންގ އާ ދުރުގައި ހުރުމަށްފަހު، އަނބުރާ ޝޫޓިންގ އާ ގުޅިއްޖެއެވެ.

މިދިޔަ މަސްދުވަހު ޕާތު ހުރީ ގޭގައި ކަރަންޓީނު ވެގެންނެވެ. އެއާއެކު މި ފަހުން އޭނާ ކަސޯޓީގެ ޝޫޓިންގ އަށް އެނބުރި ގޮސް، ސެޓުގައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ. އަދި މި ޙަބަރާއެކު ކަސޯޓީގެ ފޭނުން އަންނަނީ އުފާ ފާޅުކުރަމުންނެވެ.

ޕާތު ކޮވިޑް-19 އަށް ނެގަޓިވްވި ފަހުން އޭނާ ވަނީ ޕޫނޭ އަށް ގޮސް، އާއިލާއާ އެކީ ދުވަސްކޮޅެއް ހޭދަކޮށްފައެވެ. އަދި ކަސޯޓީގައި ޝޫޓިންގ ގައި އުޅެނިކޮށް ކޮވިޑަށް ޕޮޒިޓިވް ވުމުން އެއީ އޭނާ ސިއްޙީ މިންގަނޑުތަކާ ޚިލާފުވުމުން ދިމާވި ކަމެއް ކަމަށްބުނެ ކުރިމަތިވި ފާޑުކިޔުންތަކަށް ވެސް ޕާތު ވަނީ ރައްދު ދީފައެވެ.

އެގޮތުން ޕާތު ބުނެފައިވަނީ، އޭނާ މިހާރު ކޮވިޑުން ރަނގަޅުވެއްޖެ ކަމަށާއި، 14 ދުވަހަށްވުރެ އިތުރަށް ކަރަންޓީނުގައި ހުރެފައި ވާނެ ކަމަށެވެ. އަދި ސިއްޙީ އިދާރާތަކުން އިރުޝާދުދީފައިވާ ގޮތްތަކާ ޚިލާފުވެފައި ނޯންނާނެ ކަމަށް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!