ސުޝާންތު ގެ ހަދާން އައު ކުރުމަށް އޮންލައިން އިވެންޓްއެއް

ދާދި ފަހުން ދަންޖެހިފައި ހުއްޓާ ފެނުނު ބޮލީވުޑުގެ ޒުވާން އެކްޓަރ ސުޝާންތު ސިންގު ރާޖުޕުތުގެ ހަދާން އަނެއްކާވެސް އައު ކުރުމަށް އިޝްކަރަން ސިންގު ބަންޑާރީ ގޮވާލައިފިއެވެ.

އިޝްކަރަންގެ އިސްނެގުމުގެ މަތިން މީގެ ކުރިންވެސް 22 ޖުލައިގައި ވަނީ މިފަދަ އެއްވުމެށް އޮންލައިން މެދުވެރިކޮށް ގެންގޮސްފައެވެ. 2 މިލިއަނެއްހާ މީހުން ބައިވެރިވި މި އިވެންޓްގައި ވަނީ ސުޝާންތުއަށްޓަކައި ކޮންމެ މީހަކު އުއްބަތިއެއް ދިއްލާ އޭނާގެ ހަނދާން އައު ކޮއްފައެވެ.

އަމިއްލައަށް މަރުވީ ކަމަށް ބުނަމުންދާ ސުޝާންތުގެ މިމަރާ ގުޅިގެން ތަފާތު އެތަށް ކަންތަށްތަކެއް ފެންމަތިވަމުން އަންނަ މިދަނޑިވަޅުގައި އަނެއްކާވެސް އޭނާގެ ހަނދާން އައު ކުރުމަށް ނިންމާފައިވާކަން ދާދި ފަހުން އިންޑިއާ ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި އިޝްކަރަންވަނީ ޔަޤީން ކޮއްދެއްވާފައެވެ.

7 އަދި 8 އޮގަސްޓުގެ ރޭގަނޑު 8 ޖަހާއިރު މި އިވެންޓު ފަށާނެ ކަމަށް އިޝްކަރަން އޭނާގެ ޓްވިޓާގައިވެސް ވަނީ އިޢުލާން ކޮއްފައެވެ. މި އިވެންޓުގައި ކޮންމެ މީހަކުވެސް ބައިވެރި ވާނަމަ އުއްބައްތިއެއް ދިއްލުމުގެ އިތުރުން ނިތްކުރީގައި ކަޅު ފިތިކޮޅެއް އެއްސުމަށް އިޝްކަރަން އިލްތިމާޒުކުރެވެ. އަދި އެމީހަކު ބޭނުންވާނަމަ ސުޝާންތުއަށް އިންސާފު ހޯދައި ދިނުމަށާއި ސުޝާންތުގެ މިމައްސަލައާއި ގުޅުންހުރި ލިޔުންތަކާ ޕޯސްޓަރުވެސް ބެނުންކުރެވޭނެ ކަމަށް އޭނާ ވަނީ އިންޓަވިއުގައި ބުނެފައެވެ.

ސުޝާންތުގެ މަރުގެ މައްސަލަ އަށް އަދިވެސް ވަކިގޮތެއް ނިމިފައި ނުވާއިރު މި މައްސަލަ މިހާރު ވަނީ އިންޑިއާގެ ސީބީއައި އާއި ހަވާލުކޮއްފައެވެ. ސީބީއައި އާ މިމައްސަލަ ހަވާލުކުރުމަށް އެދި ސުޕުރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ މިއީ ބަޔަކު ގަސްތުގާ ކޮއްފައިވާ އަމަލެއްކަމަށް ބެލެވޭތީ އެކަން ސާފުކުރުމަށްޓަކައެވެ. ކޯޓުން މައްސަލަ ސީބީއައި އާއި ހަވާލުކުރުމަށް މިއަދު ހަވީރު ހުއްދަ ދީފައިވާއިރު ބެލެވޭގޮތުގައި މިމައްސަލައިގެ ހަޤީޤަތް ވަރަށް އަވަހަށް މީހުނަށް ދެން އެގިގެން ދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!