ހަންގަނޑު އޮމާންކޮށް، ތާޒާކޮށް ބެހެއްޓުމަށްޓަކައި ބޭނުން ކުރަންވީ މި ތަކެތި!

ހަށިގަނޑުގެ ރީތިކަމަކީ އަހަރެމެން އިންސާނުން އެކަމަކަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއްދޭ އެއްކަންތަކެވެ. ހަންގަނޑު އޮމާންކޮށް ތާޒާކޮށް ބެހެއްޓުމަށްޓަކައި އާމްދަނީގެ ބޯޑު ބައެއް ހޭދަކުރާ މީހުންވެސް މަދެއްނޫނެވެ. އެހެން ނަމަވެސް އެފަދަ އަގުބޮޑެތި އެއްޗެހި ހޯދޭނެ ފެންވަރު ނެތް މީހުންނަކީ ހަށިގަނޑާ ދޭތެރޭގައި އެމީހުންފަދައިން ނުވިސްނާ ބައެއް ނޫނެވެ. މިއަދު މި ގެނެސްދެނީ އާއްމުކޮށް އަހަރެމެން ގެގައި ގެންގުޅޭ ބައެއް ތަރުކާތީ އަދި މޭވާއިން ފަސޭހަކަމާއެކު ހަންގަނޑު އޮމާންކޮއްލެވޭނެ ގޮތްތަކެކެވެ. އަގުބޮޑެތި ބިއުޓީ ޕްރޮޑަކްޓްސްގެ ބަދަލުގައި މިތަކެތި ތަޖުރިބާ ކޮއްލުން ކިހިނެއްތޯއެވެ.

  • ލުނބޯ

ލުނބޯއަކީ އޭގައި ހަންގަނޑަށް ބެނުންވާ ވިޓަމިން ސީ އަދި ބީ ވަރަށްގިނަ އެއްޗެކެވެ. ކުކުޅު ބިހެއްގެ ލޮދިކޮޅުގެ ތެރެއަށް ލުނބޯ ހުއްފެލައިލައިގެން މޫނުގައި ނުވަތަ ހަށިގަނޑުގައި ބިހި ނަގާ ތަނެއްނަމަ އެތަނެއްގައި އުގުޅާލާށެވެ. މިއީ އާދަވެގެން ކުރަން ފެށުމުން ވަރަށް އަވަހަށް އަސަރު ފެންނާނެ ކަމެކެވެ.

  • ކެރެޓް

ކެރެޓަކީ އެކި ގޮތް ގޮތުން ހަށިގަނޑަށް ފައިދާ ކުރުވަނިވި އެއްޗެކެވެ. ކެރެޓުގައި ހިމެނޭ ވިޓަމިން ތަކުގެ ސަބަބުން ހަށިގަނޑުގެ ޓިޝޫތަށް ،ލޮލުގެ ފެނުން، ކަށިތަކާއި ދަތްތަކެއްވެސް އެތަށް ފައިދާ ކުރެއެވެ. ކެރެޓް ޖޫސް ބުއިމަކީ ހަންގަޑަށް ދިރުން ގެނުވާ ތާޒާ ކޮއްދޭ ކަމެކެވެ. ކެރެޓް ޖޫހަކީ އުފެދެމުންއަންނަ ތުއްތު ކުދިންނަށްވެސް ދިނުން ވަރަށް ރަގނޅު ޖޫހެކެވެ.

  • ޓޮމާޓޯ

ޝުކްދާ ހޮސްޕިޓަލްގެ ޑރ. މަނޯޖް ކޭ.އަހޫޖާ ބުނުއްވާ ގޮތުގައި ޓޮމާޓޯއަކީ ޤުދުރަތީ ވިޓަމިން އަދި މިނެރަލްއެކެވެ.  ބިއުޓީ ދުނިޔޭގައި ޤުދުރަތީ ސަން ސުކުރީނެއްގެ ގޮތުގައިވެސް ބޭނުންކުރާ ޓޮމާތޯއަކީ ހަންގަނޑަށް އުޖާލާކަން ގެނުވާ ތާޒާކޮއްދޭ އެއްޗެކެވެ. ޓޮމާތޯއާއެކު އިތުރު އެއްޗެއް ބެނުންކުރާކަށް ނުޖެހެއެވެ. ޓޯމާޓޯ ފަޅާލުމަށްފަހު އުގުޅާށެވެ. ނޫނީ ދިޔަ ފެލާލުމަށްފަހު ދިޔަ އުގުނޅާށެވެ.

  • އޮރެންޖު ތޮށި

އޮރެންޖު ތޮށި މުގުރާލުމަށްފަހު ދެސަމްސާ ޔޯގަޓަށް އަޅާ އެއްކޮއްލައިގެން ކޮންމެ ދުވަހަކު ފޭސް ޕެކް އެއްގެ ގޮތުގައި ބޭނުން ކުރުމަށް ދިއްލީގެ ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑީޕާލީ ބާރޑްވާޖު ވެސް ރިކޮމެންޑްކުރެއެވެ. ޑރ ބުނާ ގޮތުގައި އޮރެންޖު ތޮށީގައި ހުންނަ ވިޓަމިން ސީގެ ގިނަކަމުން ހަންގަނޑުގައި ހުންނަ ބެކްޓީރިއާއާއި މައިކްރީބިއަލް ނައްތާލުމުގެ ބާރު ލިބިގެންވެއެވެ. މިކަމުގެ ސަބަބުން ހަންގަނޑު ސާފުވެ ތާޒާވެއެވެ.

  • އަލުވި

އަލުވިއަކީ ހަންގަނޑުގެ ކުލަ އަލިކޮއްދީ ލަކުނު ފިލުވުމަށް ވަރަށް ހާއްސަ އެއްޗެކެވެ. އަލުވި ފުޑާލައިގެން ކޮންމެ ދުވަހަކުވެސް 30 މިނެޓެއްހާއިރު ވަންދެން އުގުނޅާލާފައި ބަހައްޓާށެވެ. ނޫނީ ދިޔަ ފެލާލައިގެން ދިޔަ އުގުނޅިއަސް ރަގަނޅުވާނެއެވެ.

މިލިޔުމަކީ އެންޑީޓީވީ ފުޑް އާއި ހަވާލާދީ ލިޔެފައިވާ ލިއުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!